ހދ. ވައިކަރަދޫ އިރަމާގޭ ނުޒުޙާ ޢަލީއަށް އެހީތެރިވުމުގެ ގޮތުން ޕެންޓަގްރާމްގެ ފަރާތުން ފަންޑް ރައިޒިން އިވެންޓެއް މާދަމާ ބާއްވަން ނިންމައިފިއެވެ.
މިއިވެންޓްގައި ތަކެތި ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް، ނުޒުޙާ އަލީގެ ބޭސްފަރުވާއަށް ހަދިޔާކުރާގޮތަށް ހަމަޖެހިފައިވާކަމަށް ޕެންޓަގްރާމްގެ މެނޭޖްމަންޓުން މަޢުލޫމާތުދެއެވެ. މިއިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ވައިކަރަދޫ ސުލައިމާނިއްޔާ ޕްރީސުކޫލުގައެވެ. މި އިވެންޓް ކުރިޔަށް ދާނީ ހަވީރު 4:15 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ.
ނުޒުހާ އަލީއަކީ އަޅުގަނޑުމެންގެ ލޮބުވެތި ތުއްތު ދަރިންނަށް އުނގަންނައިދިނުމުގައި ގިނަދުވަސްތަކެއް ހޭދަކޮއްފައިވާ ޒުވާނެކެވެ. 2 ފެބުރުއަރީ 2019 ގައި ސްޓްރޯކެއް ޖެހި ރާއްޖޭން ފަރުވާކޮށް ރަނގަޅު ނުވުމުގެ ސަބަބުން އިތުރު ފަރުވާއަށް އިންޑިޔާއަށް ދިއުމަށް ޑޮކްޓަރުން ލަފާދީފައިވާތީ ނުޒުހާ މިއަދުވަނީ އިންޑިއާއަށް ދިއުމަށް ފުރާފައެވެ. ނުޒުހާ އަލީއަށް އެހީތެރިވުމަށް ރުފިޔާ އެކައުންޓް 7703225072101 ޑޮލަރު އެކައުންޓް 7730000170416 އެހީތެރިވުމަށް އާއިލާގެ ފަރާތުން ވަރަށް ބޮޑަށް އެދެއެވެ.