Vaikaradhoolive
  • ފުރަތަމަ ސަފްހާ
  • ޚަބަރު
    • ކުޅިވަރު
    • ވިޔަފާރި
  • ރިޕޯޓު
    • ތާރީޚް
    • ތިމާވެށި
  • ދީން
  • މީހުން
  • ވާހަކަ
    • ކުރުވާހަކަ
    • ހަޤީޤީ ވާހަކަ
    • ބިރުވެރި ވާހަކަ
    • ޢިބުރަތްތެރި ވާހަކަ
    • ލޯބީގެ ވާހަކަ
  • ސަރަންފީ
  • ފޮޓޯ ފޮށި
Vaikaradhoolive

ދިވެހީންގެ ކިބައިން ނެތެމުންދާ ރީތި އާދަތައް

ދިވެހީންގެ ކިބައިން ނެތެމުންދާ ރީތި އާދަތައް

މުޙައްމަދު ވިޝާޙް ލިޔުނީ: މުޙައްމަދު ވިޝާޙް
ޖެނުއަރީ 25, 2019

ޖަޒީރާ ރަށްތަކެއްގެ މައްޗައް އުފެދިފައިވާ މި ދީބަކީ ބޭރު މީހުން ދެކޭގޮތުގައި ވަރަށް ހިތްގައިމު މަންޒިލެކެވެ. ރާއްޖެ މި ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެފައެވެ. އެއީ ހަމައެކަނި ޤުދުރަތީގޮތުން ރާއްޖެ ރީތިވީމައެއްނޫނެވެ. އެހެން ޤައުމުތަކުގެ މީހުން ދެކޭގޮތުގައި ރާއްޖެއަކީ މުއްސަނދި ސަޤާފަތެއްގެ ވެރިބައެކެވެ. ދިވެހީންގެ ކިބައިގައި ރިވެތި އާދަކާދަތަކެއްވާކަމީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ބޭރު މީސްމީހުން ޤަބޫލުކުރާ ކަމެކެވެ. ނަމަވެސް ހިތާމައަކީ މިހާރަކަށް އައިސް އެ އާދަތަކުގެ ކުލަ މަޑުމަޑުން ފަނޑުވަމުންދާކަމެވެ.

އިހުގައި ދިވެހީންނަކީ ދީނީކަންކަމަށް ނުހަނު ލޯބިކުރި  ބައެއް ނަމަވެސް މިހާރުގެ ގިނަ ދިވެހީންނަކީ ދީނީކަންކަމަށް އެހާ ލޯބިކުރާ ބައެއްނޫނެވެ. މިސްކިތްތަކަށް ބަލައިލި ނަމަވެސް އަދު ދިވެހީން ދީނީކަންކަމަށް ލޯބިކުރާ މިންވަރު ހާމަވެއެވެ. ދުވަހެއްދުވަހަކަށް މިސްކިތްތަކުން ޒުވާން ކުދީން ފެންނަވަރު މިދަނީ މަދުވަމުންނެވެ. ދަރުހެއް ދިނަސް އެ އަޑުއަހަނީ ކިތައް މީހުންބާއެވެ. ދެ ނަމާދު ދޭތެރޭ (މަޣުރިބުނަމާދާއި ޢިޝާނަމާދާ ދެމެދު) ޤުރުއާންކިޔެވުމަކީ އިހު ދިވެހީންގެ ކިބައިގައި ހުރި ވަރަށް ރަނގަޅު އާދައެކެވެ. ނަމަވެސް މިހާރު މި ކަން ކުރަނީ މަދު ބައެކެވެ. މިއީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ކަންކަމެވެ. އަދި މީގެ އިތުރުން ހިތާމަކުރަންޖެހޭ އަނެއް ކަމަކީ ރަމަޟާންމަސް ނިމޭއިރު ރޯދަ ވާޖިބުވާ ދިވެހީންގެ ތެރެއިން ބައެއް ދިވެހީން އުޒުރަކާނުލާ ރަމަޟާންމަހުގެ ރޯދަ ނުހިފާކަމެވެ. މިހެން ގޮސް އެތައް ކަންކަމެވެ. ކުރިން ދިވެހީން ދީނީކަންކަމަށް ދިން ސަމާލުކަން ދުވަހެއްދުވަހަކަށް މިދަނީ ކުޑަވަމުންނެވެ.

ކުރީގެ ލިޔުންތަކުން އެނގޭގޮތުގައި އޭރު ދިވެހީންނަކީ ވެރީންނަށާއި މައިންބަފައިންނަށާއި ތިމާއަށް ވުރެ ބޮޑު ކޮންމެމީހަކަށް ވެސް ވަރަށް ބޮޑަށް އިޙުތިރާމުކުރާ ބައެކެވެ. އެހެނަސް މި އާދަ އަޅުގަނޑުމެންގެ ކިބައިން ނެތެމުންދާކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ވެރީންނާ މުޚާޠިބުކުރަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ވެރީންގެ އަމުރަށް ކިޔަމަންވަނީ ވެސް މަދު ބައެކެވެ. އަދި ވެރީންނާމެދު ހަޑިހުތުރު ބަސްބަސް ބުނެ އުޅުމަކީ މިހާރު އާންމު ކަމެކެވެ. މިހާރަކަށް އައިސް ދަރީން މައިންބަފައިންނަށް ކުރާ ޤަދަރު ވެސް ކުޑައެވެ. ދަރީން މައިންބަފައިންގެ ކުރިމަތީ ޖަދަލުކުރުމަކީ އާންމު ކަމަކަށް ވެއްޖެއެވެ. އޯގާތެރިކަމުގެ ބަދަލުގައި ދަރީންގެ ފަރާތުން ވޭނާއި ކެކުޅުން ލިބި ބަރުދާސްކުރަން ދަތިވެފައިވާ އެތައް މައިންބަފައިންނެއް މިއަދު މި ދީބުގައި ވެއެވެ. ތިމާއަށް ވުރެ ބޮޑެތި މީހުންނާ މުޚާޠިބުކުރަނީ ވެސް އެއްވެސް އިޙުތިރާމެއް ނެތިއެވެ. ވެރީންނަށާއި މައިންބަފައިންނަށާއި ތިމާއަށް ވުރެ ބޮޑެތި މީހުންނަށް އިޙުތިރާމުކުރުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިން މަޑުމަޑުން ނެތިގެން ދަނީއެވެ.

މާޒީއަށް ބަލާލާއިރު އިހު ދިވެހީންނަކީ ހީވާގީ މަސައްކަތްތެރި ބައެއްކަމާމެދު ޝައްކެއް ވެސް ނެތެވެ. އަޅުގަނޑުމެންގެ ތެރެއިން މި އާދަ މިހާރު ނެތެމުންދާކަމީ ލިބޭ ވަރަށް ބޮޑު ދެރައެކެވެ. ވަޒީފާގެ މައިދާނަށް ބަލައިލިޔަސް ޒީންމާދާރު ދިވެހީން އިހަށް ވުރެ އެތަށް ގުނައެއް މަދުކަން ފާހަގަވެއެވެ. ވަޒީފާއަށް ޚިޔާނާތްތެރިވާ ދިވެހީން ވެސް މަދެއް ނޫނެވެ. އަންނަން އޮތް ޖީލުގެ ކުދީންގެ ހާލު އަދި މިއަށް ވުރެ ގޯހެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ އަދަދު މި ދަނީ އިތުރުވަމުންނެވެ. ގިނަ ފަހަރަށް މި ކުދީން ދިރިއުޅެނީ އަތުންފައިން ކަމެއް ނުކޮށް އެހެން މީހަކަށް ބަރޯސާވެގެންނެވެ. އެހެންނޫނީ ފޭރިގެން ނުވަތަ ވައްކަންކޮށްގެންނެވެ. ކަން މިހެން ހުރުމާއެކު އެނގޭ އެއްޗަކީ ދިވެހީންގެ ކިބައިން މަސައްކަތްތެރިކަމުގެ އާދަ ގެއްލެމުންދާކަމެވެ.

އިހުގެ ދިވެހީންނާއި މިހާރުގެ ދިވެހީންނާ އަޅާކިޔާއިރު އެނގޭ އެއްޗަކީ ދިވެހީންގެ ކިބައިގައި އޭރު ހުރި ރިވެތި އާދަތައް މިހާރު މި ދަނީ ފަނޑުވަމުންކަމެވެ. ދީނީކަންކަމަށް ދޭ އަހަންމިއްޔަތުކަން ކުޑަވަމުންދާއިރު ވެރީންނަށާއި މައިންބަފައިންނަށް އަދި ބޮޑެތި މީހުންނަށް ކުރާ ޤަދަރު ވެސް މިހާރު މިދަނީ ކުޑަވަމުންނެވެ. އަދި ދިވެހީންގެ ކިބައިގައި އޭރު ހުރި ހީވާގީކަމާއި މަސައްކަތްތެރިކަމުގެ ރީތި އާދަ ވެސް މި ދަނީ ނެތެމުންނެވެ. ދިވެހީންގެ ކިބައިގައި ހުރި ރިވެތި އާދަތައް މި ދަނީ ނެތެމުންނެވެ. މިއީ އެންމެހާ ދިވެހީން ހިތާމަކުރަންޖެހޭކަމެކެވެ.


ޓެގް: ރާއްޖެދިވެހިން


ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ވައިކަރަދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ވައިކަރަދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ފެބްރުއަރީ 17, 2019
އިބުރަތްތެރި ވާހަކަ: ތިބާ ބޭނުން ސުރުހީއެއް ދޭށެ

އިބުރަތްތެރި ވާހަކަ: ތިބާ ބޭނުން ސުރުހީއެއް ދޭށެ

ފެބްރުއަރީ 15, 2019
ވައިކަރަދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޝްވަރާތަކަށް ވައިކަރަދޫ ކައުންސިލް މާލޭގައި

ވައިކަރަދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޝްވަރާތަކަށް ވައިކަރަދޫ ކައުންސިލް މާލޭގައި

ފެބްރުއަރީ 13, 2019
ﷲއަށްޓަކައި އެއްޗެއް ދޫކުރާ މީހަކަށް އެއަށްވުރެ ހެޔޮކަމެއް އެއިލާހު ދެއްވައެ

ﷲއަށްޓަކައި އެއްޗެއް ދޫކުރާ މީހަކަށް އެއަށްވުރެ ހެޔޮކަމެއް އެއިލާހު ދެއްވައެ

ފެބްރުއަރީ 8, 2019
Copyright 2019 – Vaikaradhoolive.com | All Rights Reserved
  • ފުރަތަމަ ސަފްހާ
  • ޚަބަރު
    • ކުޅިވަރު
    • ވިޔަފާރި
  • ރިޕޯޓު
    • ތާރީޚް
    • ތިމާވެށި
  • ދީން
  • މީހުން
  • ވާހަކަ
    • ކުރުވާހަކަ
    • ހަޤީޤީ ވާހަކަ
    • ބިރުވެރި ވާހަކަ
    • ޢިބުރަތްތެރި ވާހަކަ
    • ލޯބީގެ ވާހަކަ
  • ސަރަންފީ
  • ފޮޓޯ ފޮށި