Vaikaradhoolive
  • ފުރަތަމަ ސަފްހާ
  • ޚަބަރު
    • ކުޅިވަރު
    • ވިޔަފާރި
  • ރިޕޯޓު
    • ތާރީޚް
    • ތިމާވެށި
  • ދީން
  • މީހުން
  • ވާހަކަ
    • ކުރުވާހަކަ
    • ހަޤީޤީ ވާހަކަ
    • ބިރުވެރި ވާހަކަ
    • ޢިބުރަތްތެރި ވާހަކަ
    • ލޯބީގެ ވާހަކަ
  • ސަރަންފީ
  • ފޮޓޯ ފޮށި
Vaikaradhoolive

ހދ. އަތޮޅު މަދަރުސާގެ އިތުރު ހަރަކާތްތަކުގެ އިފްތިތާހީ ޖަލްސާ ބާއްވައިފި

ހދ. އަތޮޅު މަދަރުސާގެ އިތުރު ހަރަކާތްތަކުގެ އިފްތިތާހީ ޖަލްސާ ބާއްވައިފި

ވީއެލް ޓީމް ލިޔުނީ: ވީއެލް ޓީމް
ފެބްރުއަރީ 2, 2019

ހދ. އަތޮޅު މަދަރުސާގެ 2019 ވަނަ އަހަރުގެ އިތުރު ޙަރަކާތްތަކުގެ އިފްތިތާހީ ޖަލްސާ ރޭ ބާއްވައިފިއެވެ.

އިފްތިތާޙީ ޖަލްސާގެ ޝަރަފްވެރި މެހެމާނަކީ ހދ. ވައިކަރަދޫ ކައުންސިލުގެ އިދާރާގެ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ރަބީޢުއެވެ. މިޖަލްސާގައި ވަނީ ޕްރިފެކްޓް ބޯޑާއި ހިއްމަތްތެރި ދަރިވަރުންގެ ޖަމްޢިއްޔާގެ މަގާމްތަކަށް ހޮވުނު ދަރިވަރުންނަށް މަގާމްގެ ޒިންމާ ހަވާލް ކޮށްފައެވެ.

2019 ވަނަ އަހަރުގެ ޕްރިފެކްޓް ބޯޑަށް ހޮވިފައިވަނީ 40 ދަރިވަރުންނެވެ. އަދި ހިއްމަތްތެރި ދަރިވަރުންގެ ޖަމްޢިއްޔާއާއި ޖަމްޢިއްޔާގެ ދަށުން ހިންގާ ކްލަބުތަކުގެ އިސްމަގާމުތަކަށް 38 ދަރިވަރަކު ހޮވިފައިވެއެވެ. މީގެ އިތުރުން މިޖަލްސާގައި 2019 ވަނަ އަހަރުގެ ޕީޓީއޭ އިޢުލާންކޮށް މެންބަރުންނަށް މަގާމްގެ ޒިންމާ ޙަވާލުކުރުން އޮތެވެ.

ހދ. އަތޮޅު މަދަރުސާގެ 2019ވަނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރުވެސް ވަނީ ރޭގެ ޖަލްސާގައި އިފްތިތާހް ކޮށްފައެވެ. މިއަހަރުވެސް ދަރިވަރުންނަށް ފައިދާ ހުރި ގިނަ ޙަރަކާތްތަކެއް ހިންގުމަށް ކަލަންޑަރުގައި ހިމެނިފައިވެއެވެ. ރޭގެ ޖަލްސާގައި ވައިކަރަދޫ ކައުންސިލުގެ މެންބަރުންނާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން މަދަރުސާގެ ގްރޭޑް 4 އިން މަތީގެ ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.


ޓެގް: ހދ އަތޮޅު މަދަރުސާތަޢުލީމް


ފަހުގެ

ރައީސުލްޖުމްހޫރިއްޔާ ވައިކަރަދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ވައިކަރަދޫ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފި

ފެބްރުއަރީ 17, 2019
އިބުރަތްތެރި ވާހަކަ: ތިބާ ބޭނުން ސުރުހީއެއް ދޭށެ

އިބުރަތްތެރި ވާހަކަ: ތިބާ ބޭނުން ސުރުހީއެއް ދޭށެ

ފެބްރުއަރީ 15, 2019
ވައިކަރަދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޝްވަރާތަކަށް ވައިކަރަދޫ ކައުންސިލް މާލޭގައި

ވައިކަރަދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޝްވަރާތަކަށް ވައިކަރަދޫ ކައުންސިލް މާލޭގައި

ފެބްރުއަރީ 13, 2019
ﷲއަށްޓަކައި އެއްޗެއް ދޫކުރާ މީހަކަށް އެއަށްވުރެ ހެޔޮކަމެއް އެއިލާހު ދެއްވައެ

ﷲއަށްޓަކައި އެއްޗެއް ދޫކުރާ މީހަކަށް އެއަށްވުރެ ހެޔޮކަމެއް އެއިލާހު ދެއްވައެ

ފެބްރުއަރީ 8, 2019
Copyright 2019 – Vaikaradhoolive.com | All Rights Reserved
  • ފުރަތަމަ ސަފްހާ
  • ޚަބަރު
    • ކުޅިވަރު
    • ވިޔަފާރި
  • ރިޕޯޓު
    • ތާރީޚް
    • ތިމާވެށި
  • ދީން
  • މީހުން
  • ވާހަކަ
    • ކުރުވާހަކަ
    • ހަޤީޤީ ވާހަކަ
    • ބިރުވެރި ވާހަކަ
    • ޢިބުރަތްތެރި ވާހަކަ
    • ލޯބީގެ ވާހަކަ
  • ސަރަންފީ
  • ފޮޓޯ ފޮށި